[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޞީބާތްތަކަށް ކެތްތެރިވުން 1

އިންސާނާއަށް އޭނާގެ ޙަޔާތުގައި ފިތުނަތަކާއި އުނދަގޫތަކާއި އިމްތިޙާނުތަކާ އަދި މުޞީބާތްތަކާ ކުރިމަތިވާނެއެވެ. ޠާހިރުކުރެއްވުމާއި ސާފުކުރެއްވުމާއެކު މެނުވީ އީމާންކަމުގެ ނޫރަށް އާރޯކަން ނުލިބޭނެއެވެ. އަދި ޔަޤީންކަން ހިތުގައި ބިންވަޅު ނުނެގޭނެއެވެ.

ދިރިއުޅުން ބިނާވެގެންވަނީ ދަތިތަކާ ކުރިމަތިލުމާއި ނުރައްކާތައް ގިރާކުރުމުގެ މަތީގައެވެ. އިމްތިޙާނުތަކާއި ތަދުތަކުން ދުރުހެލިވުމަށް އެކަކުވެސް އުންމީދު ނުކުރާ ހުށިކަމެވެ. އެހެނެއްކަމަކު މަދުންވިޔަސް އަދި ގިނައިން ވިޔަސް އެކަން ކުރިމަތިވާނެއެވެ.

އިބްނުލް ޖައުޒީ ވިދާޅުވިއެވެ.

” އަބަދުމެ ސަލާމަތުން ހުރުމަށް އެދޭމީހާ އަދި ޢަދާވާތްތެރިންގެ މައްޗަށް އަބަދުމެ ނަޞްރުލިބޭނެކަމަށް ހީކުރާމީހާ އަދި މުޞީބާތެއް ނުޖެހި ޢާފިޔަތުގައި އަބަދުމެ ހުންނާނެކަމަށް ހީކުރާމީހާ ދަންނައެވެ. އޭނާއަށް އަދި ތަކުލީފު އެއީ ކޮން އެއްޗެއްކަން އެނގިފައެއް ނުވެއެވެ. އަދި ބޯލެނބުމަކީ ކޮބާކަމެއް ދަސްވެފައިނުވެއެވެ.” [1]

އީމާންވިޔަސް އަދި ކާފިރުވިޔަސް ކޮންމެ ނަފްސަކަށްމެ ތަދު އިޙްސާސުވާ ހުށްޓެވެ. ދިމާވާ އެފަދަ ކަންކަމުގެ ސަބަބުން ތެދުވެރިންނާއި ދޮގުވެރިން ފާޅުވެގެންދާނެއެވެ.

﴿أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ﴾ [سورة العنكبوت ٢]

މާނައީ: “މީސްތަކުން ތިމަންމެން އީމާންވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ.”   

 

___________________________

[1] صيد الخاطر ص: 384

 

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް