މުޞީބާތްތައް ލުއިވާނީ ކިހިނެތް 1
އިބްނުލް ޖައުޒީ ވިދާޅުވިއެވެ. [1] “އިންސާނާއަށް ހަވާލުކުރެވިފައިވާ ތަކުލީފުތަކުގެ ތެރޭގައި، އޭނާއަށް އެންމެ އުނދަގޫކަމަކީ ﷲ ގެ ނިޔާކުރެއްވުމަށް ކެތްތެރިވުމެވެ. އަދި އެކަމުގައި އެންމެ މޮޅުއިތުރީ އެކަމާމެދު ރުހެމެވެ.” ދުނިޔޭގެ ކަނޑު ދައުރުވާ ގޮތާ މެދު ވިސްނާ، އެތަނުގައި ރާޅު ނަގާގޮތް ދެނެގަނެ، ދިމާވާ ކަންކަމަށް ކެތްކުރާނެ ގޮތް އެނގިއްޖެމީހަކު މުސީބާތެއް ޖެހިގެން އެކަމާ ފަސްނުޖެހޭނެއެވެ. އަދި ދުނިޔޭގައި ލިބޭ ފަސޭޙަކަމާމެދު މާބޮޑަށް އުފާނުކުރާނެއެވެ. ފަހެ ދުނިޔަވީ ކަންކަން ފާއިތުވުމުން އެކަންކަމާ ހިތާމަ ނުކުރާ ހުށިކަމެވެ… އިބްނުލް […]