ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 46

އެކަލޭގެފާނުގެ ދޭދޭ އަނބިންގެ އެކަކު އަނެކަކާ ސަމާސާކުރުމާ މެދުވެސް އެކަލޭގެފާނު އިޢުތިރާޒެއް ނުކުރައްވައެވެ. އެއްދުވަހަކު ޢާއިޝާ رضي الله عنها ގެ އަރިހަށް ސައުދާ رضي الله عنها ޒިޔާރަތް ކުރެއްވިއެވެ. އެހިނދު ﷲ ގެ ރަސޫލާ صلى الله عليه وسلم އެ ދެ ކަނބަލުންގެ މެދުގައި އިށީންދެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އެއް ފައިންޕުޅު ޢާއިޝާ رضي الله عنها ގެ އުގުފުޅުގައި އަދި އަނެއް ފައިންޕުޅު ސައުދާ رضي الله عنها ގެ އުގުފުޅަށް […]