[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 46

އެކަލޭގެފާނުގެ ދޭދޭ އަނބިންގެ އެކަކު އަނެކަކާ ސަމާސާކުރުމާ މެދުވެސް އެކަލޭގެފާނު އިޢުތިރާޒެއް ނުކުރައްވައެވެ.


އެއްދުވަހަކު ޢާއިޝާ رضي الله عنها ގެ އަރިހަށް ސައުދާ رضي الله عنها ޒިޔާރަތް ކުރެއްވިއެވެ. އެހިނދު ﷲ ގެ ރަސޫލާ صلى الله عليه وسلم އެ ދެ ކަނބަލުންގެ މެދުގައި އިށީންދެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އެއް ފައިންޕުޅު ޢާއިޝާ رضي الله عنها ގެ އުގުފުޅުގައި އަދި އަނެއް ފައިންޕުޅު ސައުދާ رضي الله عنها ގެ އުގުފުޅަށް ލެއްވިއެވެ. އެހިނދު ޢާއިޝާ رضي الله عنها ސައުދާ رضي الله عنها އަށް “ޙަރީރާ” (އެޒަމާނުގައި ޢަރަބިން ކައި އުޅުނު ކެއުމެއް) ތައްޔާރުކޮށްދިނުމަށް ފަހު ސައުދާ رضي الله عنها އެއިން ފަރީއްކުޅުވުމަށް އެދިލެއްވިއެވެ. ނަމަވެސް ސައުދާ رضي الله عنها އެކަމަށް އުޒުރުވެރިވެވަޑައިގެންނެވިއެވެ. އެހިނދު ޢާއިޝާ رضي الله عنها ސައުދާ رضي الله عنها އަށް ވިދާޅުވިއެވެ: ”والله لتأكلنَّ، أوْ لألطّخنَّ وجهكِ”. “ﷲ ގައްދީ ވިދާޅުވަމެވެ. ކަމަނާ ފަރީއްކުރުއްވަންވާނެއެވެ. އެހެން ނޫނީ ކަމަނާގެ މޫނުފުޅުގައި (މީގެން އެތިކޮޅެއް) ހާކާލައްވާނަމެވެ”. އެހެނަސް ސައުދާ رضي الله عنها އެ ފަރީއްކުޅުއްވުމަށް އުޒުރުވެރިވެވަޑައިގެންނެވިއެވެ. އެހިނދު ސައުދާ رضي الله عنها ގެ މޫނުފުޅުގައި ޢާއިޝާ رضي الله عنها އޭގެން އެތިކޮޅެއް ނެންގެވުމަށް ފަހު ހާއްކާލެއްވިއެވެ. އަދި އެތަން ފެނިވަޑައިގެން ނަބިއްޔާ صلى الله عليه وسلم ހިނިވަރުނަކުރައްވަން ފެއްޓެވިއެވެ. އަދި ސައުދާ رضي الله عنها އަށް ޙަދީޘްފުޅު ކުރެއްވިއެވެ. “އެކަމަނާގެ މޫނުފުޅުގައި ކަމަނާވެސް ހާއްކަވާށެވެ”. އަދި އެފަދައިން ސައުދާ ކަންތައް ކުރެއްވުމުން ނަބިއްޔާ صلى الله عليه وسلم އަނެއްކާވެސް ހިނިވަރުނަކުރައްވަން ފެއްޓެވިއެވެ. އެހިނދު ޢުމަރު رضي الله عنها ގެ އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲ رضي الله عنهم އަށް ގޮވާ އަޑު އިވިވަޑައިގެންނެވިއެވެ. އަދި ޢާއިޝާ رضي الله عنها އާއި ސައުދާ رضي الله عنها އަވަހަށް ތެދުވެވަޑައިގެން ދެކަނބަލުންގެ މޫނުފުޅު ދޮންނެވުމަށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 45