[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 54

އަދި އެޤިސްމުގެ ދެވަނަ ފަޞްލުގައްޔާއި ތިންވަނަ ފަޞްލުގައި ގެންނަވާފައިވަނީ ޙަދީޘް ލިޔުން ނަހީކުރައްވާފައިވާ ބަސްފުޅުތަކެވެ.[1] އެއީ އެކަމާ ގުޅުންހުރި ޙަދީޘްތަކާއި ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންގެ ބަސްފުޅުތަކެވެ. އަދި ދެވަނަ ޤިސްމުގެ ފުރަތަމަ ފަޞްލުގައި ގެންނަވާފައިވަނީ ކީރިތި ޤުރުއާން ފިޔަވާ އެހެން އެއްޗެއް ލިޔެރައްކާތެރިކުރުމަކީ އެދެވިގެން ނުވާކަމެއްކަމުގައި އެބޭކަލުން ބަޔާންކުރައްވި ސަބަބު އަންގައިދޭ ރިވާޔަތްތަކެވެ. އޭގެ ޚުލާޞާއަކީ: “(ޙަދީޘް) ލިޔުމަކީ އެދެވިގެންވާކަމެއް ނޫންކަމުގައި ފުރަތަމަ ޖީލުތަކުގައި އުޅުއްވި ބައެއް ބޭކަލުން ވިދާޅުވަމުން ދިޔައީ ކީރިތި ޤުރުއާނާ އެއްހަމަ […]