ސަނާކިއުން 3
އިމާމް ނަވަވީ ވިދާޅުވެފައިވެއެވެ. “(ސަނާކިއުންވަނީ ދެގޮތަކަށެވެ.) މީހަކު ނެތް ތަނެއްގައިވެސް، އެހެންމީހަކު އޭނާއަށް ސަނާކިޔާފާނެއެވެ. އަދި އެމީހާގެ ކުރިމަތީގައިވެސް ސަނާކިޔާފާނެއެވެ. އެމަޖިލީހުގައި ނެތް މީހަކަށް ސަނާކިޔުމުގައި މައްސަލައެއް ނެތެވެ. ނަމަވެސް އެއީ ދޮގެއް ނަހަދާހާ ހިނދަކުއެވެ. ފަހެ، އޭނާ ދޮގެއް ހަދައިފިނަމަ އެފަދައިން ސަނާކިއުން ހުއްދަވެގެން ނުވެއެވެ. ސަނާ ކިޔޭމީހާ އެމަޖިލީހުގައި ނެތްކަމުގައި ވިޔަސްމެއެވެ. އެޙާލަތުގައި އެކަން ހުއްދަނުވަނީ ސަނާކީމައެއް ނޫނެވެ. އެހެނަސް ދޮގު ހެދީމައެވެ.” ސަނާކިއުމުގެ ނުރައްކާތެރިކަން ބަޔާންކުރައްވަމުން ނަބިއްޔާ صلى الله عليه وسلم […]