ސަނާކިއުން 6
ޝަރުޢީ ޙާޖަތެއް ނުވަތަ ޝަރުޢީ މަޞްލަޙަތެއް އޮވެގެން މީހަކަށް ސަނާކިޔާނަމަ ދަންނާށެވެ. ސަނާ ކިޔާއިރު މިފަދައިން ބުނާށެވެ. ((أَحْسِبُ فُلاَنًا، وَاللَّهُ حَسِيبُهُ، وَلاَ أُزَكِّي عَلَى اللَّهِ أَحَدًا)) [رواه البخاري] މާނައީ: “އެއީ މިވެނި މީހަކާ ބެހޭގޮތުން އަހަރެން ދެކޭ ގޮތެވެ. އޭނާގެ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އެއިލާހީ މޮޅަށް ޙިސާބު ބައްލަވާ ވޮޑިގެންވާ އިލާހެވެ. ﷲ ގެ ޙަޟްރަތުގައި އަހަންނަކަށް އެއްވެސް މީހަކަށް ތަޒްކިޔާއެއް ނުދެވޭނެއެވެ.” [ތަޒްކިޔާއަކީ: މީހެއްގެ ރަނގަޅުކަން އެހެން […]