ސަނާކިއުން 8
ސަނާކިއުމުގައި ދިމާވާ އެންމެބޮޑު މުޞީބާތަކީ، “ސާހިބާ” ފަދަ ބަސްތަކުން މުނާފިޤުންނާއި ފާޖިރުންނާއި ކާފިރުންނަށް ސަނާކިޔުމެވެ. ރަސޫލުﷲ ޙަދީޘްކުރައްވާފައިވެއެވެ. «لَا تَقُولُوا لِلْمُنَافِقِ سَيِّدَنَا؛ فَإِنَّهُ إِنْ يَكُ سَيِّدَكُمْ فَقَدْ أَسْخَطْتُمْ رَبَّكُمْ» [رواه أحمد وصححه الألباني] މާނައީ: “މުނާފިޤަކަށް އަހަރެމެންގެ ސާހިބާއޭ ނުބުނާށެވެ. ފަހެ، ހަމަކަށަވަރުން އޭނާއަކީ ތިޔަބައިމީހުންގެ ސާހިބާކަމަށް ހަދައިފިނަމަ ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަވަނީ ތިޔަބައިމީހުންގެ ވެރިރައްބު ކޯފާވެވޮޑިގެންވާކަމެއްކޮށްފައެވެ.” މިހަދީޘްގެ ޝަރަޙައިގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެމީހަކީ ޙަޤީޤަތުގައިވެސް އޭނާގެ ޤައުމުގައި ޖާހާއި […]