تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 57
މިޤިސްމުގެ ތިންވަނަ ފަޞްލާމެދު ދަންނައެވެ. ފޮތުގެ މުއައްލިފު އެބައި ޚާއްޞަކުރައްވާފައިވަނީ އެކަމާބެހޭގޮތުން ތާބިޢީބޭކަލުންގެ އަރިހުން އައިސްފައިވާ ރިވާޔަތްތައް ބަޔާންކުރެއްވުމަށެވެ. އެކަލޭގެފާނުވަނީ ތާބިޢީންގެ އިމާމުވެރި ބޭކަލުންނާއި އިސް ބޭކަލުން ޙަދީޘް ލިޔުއްވިކަމަށާއި އެބޭކަލުންގެ ދަރިވަރުންނަށް އެކަމަށް ހުއްދަދެއްވިކަމަށާއި އެކަމަށް ބާރުއެޅުއްވިކަން ބަޔާންކުރާ ރިވާތްތައް ސަނަދާއެކު ގެންނަވާފައެވެ.[1] ތާބިޢީ ބޭކަލުންނަށް ފަހު އައި ބޭކަލުންގެ މެދުގައި ލިޔުންތެރިކަން ފުޅާވެ، ލިޔެފައިވާ ފޮތްތަކަށް ބަރޯސާވުން އިތުރުވި ސަބަބާމެދު ދަންނައެވެ. އެކަމާ ބެހޭގޮތުން ޚަޠީބުލް ބަޣްދާދީ رحمه الله ވިދާޅުވިއެވެ. “މީސްތަކުންގެ މެެދުގައި […]