ﷲ އަށް އީމާންވުން

ﷲ ތަޢާލާއަށް އީމާންވުމުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި: ހަމަކަށަވަރުން އެއިލާހީ އަޅުކަންކުރުން ޙައްޤުވެގެންވާ (ހަމައެކަނި) އިލާހުކަމަށް އީމާންވުން ހިމެނެއެވެ. އެހެނީ އެއިލާހީ އަޅުތަކުން ޚަލްޤުކުރައްވައި، އެބައިމީހުންނަށް އިޙްސާންތެރިވެވޮޑިގެންވާ، އެބައިމީހުންނަށް ރިޒުޤުދެއްވާ، އެބައިމީހުން ސިއްރާއި ފާޅުގައި ކުރާކަންތައްތައް ދެނެވޮޑިގެންވާ އަދި އެބައިމީހުންކުރެ ކިޔަމަންތެރި އަޅުންނަށް ޘަވާބުދެއްވައި އުރެދޭ އަޅުންނަށް ޢުޤޫބާތް ދެއްވުމަށް ކުޅަދުންވަންތަ އިލާހެވެ. އިންސީންނާއި ޖިންނީން ޚަލްޤުކުރެއްވުމަށްފަހު އެބައިމީހުންނަށް އަމުރުކުރައްވާފައިވަނީ އެފަދައިން އެއިލާހަށް އަޅުކަންކުރުމަށެވެ. އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا […]