ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 31

ކޮންމެއަކަސް ޢުމަރު رضي الله عنه ގެ ޙާދިޘާއަށް ބަލާލަމާ ހެއްޔެވެ. އެޙާދިޘާއަކީ؛ އެއް ދުވަހަކު އަބޫ މޫސާ އަލްއަޝްޢަރީ رضي الله عنه ޢުމަރުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތް ކުރެއްވިއެވެ. އަދި ޢުމަރުގެފާނު رضي الله عنه ގެ ގެކޮޅުގެ ދޮރުކޮޅުގައި ތިން ފަހަރު ޓަކި ޖެއްސެވުމުންވެސް ދޮރުކޮޅު ނުހުޅުއްވުމުން އަނބުރާ ދާން ހިނގައިގަތެވެ. އެއަށްފަހު އަބޫ މުސާ رضي الله عنه އަނބުރާ ގެންނަވައި، އެކަލޭގެފާނު އަންނަންދެން މަޑު ނުކުރެއްވީ ކީއްވެތޯ ސުވާލު […]