ރަސޫލުބޭކަލުންނަށް އީމާންވުން

ރަސޫލުބޭކަލުންނަށް އީމާންވުމާމެދު ދަންނައެވެ. އެކަމުގައި ހިމެނެނީ ޢާންމު ގޮތެއްގައި އަދި ތަފްޞީލީކޮށް (ރަސޫލުބޭކަލުންނާ ބެހޭގޮތުން އައިސްފައިވާކަންކަމަށް) އީމާންވުމެވެ. ފަހެ، ހަމަކަށަވަރުން، ﷲ سبحانه وتعالى، އެއިލާޙުގެ އަޅުތަކުންގެ ގާތަށް އުފާވެރިކަމުގެ ޚަބަރުދެއްވާ އަދި އިންޒާރުކުރައްވާ ރަސޫލުބޭކަލުންތަކެއް ފޮނުއްވިކަމާއި، އެބޭކަލުން ދަޢުވަތު ދެއްވީ ޙައްޤަށް ކަމަށް އީމާންވާން ޖެހެއެވެ. ފަހެ، އެބޭކަލުންނަށް އިޖާބަދޭ މީހުން ދަންނައެވެ. އެބައިމީހުންނަށް ބާއްޖަވެރިކަން ލިބޭނެއެވެ. އަދި އެބޭކަލުންނާ ޚިލާފުވެއްޖެ ބަޔަކު ދަންނައެވެ. އެބައިމީހުން ގެއްލި ހަލާކުވުމާއި ހިތާމަވެރިކަމާއިގެން އެނބުރި އަންނާނެއެވެ. ރަސޫލުބޭކަލުންގެ ތެރެއިން […]