[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުބޭކަލުންނަށް އީމާންވުން

ރަސޫލުބޭކަލުންނަށް އީމާންވުމާމެދު ދަންނައެވެ. އެކަމުގައި ހިމެނެނީ ޢާންމު ގޮތެއްގައި އަދި ތަފްޞީލީކޮށް (ރަސޫލުބޭކަލުންނާ ބެހޭގޮތުން އައިސްފައިވާކަންކަމަށް) އީމާންވުމެވެ. ފަހެ، ހަމަކަށަވަރުން، ﷲ سبحانه وتعالى، އެއިލާޙުގެ އަޅުތަކުންގެ ގާތަށް އުފާވެރިކަމުގެ ޚަބަރުދެއްވާ އަދި އިންޒާރުކުރައްވާ ރަސޫލުބޭކަލުންތަކެއް ފޮނުއްވިކަމާއި، އެބޭކަލުން ދަޢުވަތު ދެއްވީ ޙައްޤަށް ކަމަށް އީމާންވާން ޖެހެއެވެ. ފަހެ، އެބޭކަލުންނަށް އިޖާބަދޭ މީހުން ދަންނައެވެ. އެބައިމީހުންނަށް ބާއްޖަވެރިކަން ލިބޭނެއެވެ. އަދި އެބޭކަލުންނާ ޚިލާފުވެއްޖެ ބަޔަކު ދަންނައެވެ. އެބައިމީހުން ގެއްލި ހަލާކުވުމާއި ހިތާމަވެރިކަމާއިގެން އެނބުރި އަންނާނެއެވެ. ރަސޫލުބޭކަލުންގެ ތެރެއިން އެންމެ ފަހުން ފޮނުއްވުނު އަދި އެންމެ މަތިވެރި ބޭކަލަކީ އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ބުން ޢަބްދުﷲ صلى الله عليه وسلم އެވެ. އެއީ ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ﴾ [سورة النحل ٣٦]

މާނައީ: “އަދި ހަމަކަށަވަރުން ކޮންމެ އުންމަތަކަށް ތިމަންއިލާހު ރަސޫލުބޭކަލަކު ފޮނުއްވީމެވެ. އެއީ ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރުމަށާ އަދި ޠާޣޫތާ ދުރުހެލިވުމަށް އެންގެވުމަށެވެ.”

އަދި އެއިލާހު ވަޙީކުރެއްވިއެވެ.

﴿رُسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّـهِ حُجَّةٌ بَعْدَ الرُّسُلِ﴾ [ النساء ١٦٥]

މާނައީ: “އުފާވެރިކަމުގެ ޚަބަރުދެއްވާ، އަދި އިންޛާރުކުރައްވާ ރަސޫލުބޭކަލުންތަކެއް ފޮނުއްވީމެވެ. (އެއީ) ރަސޫލުން ފޮނުއްވުމަށްފަހު، ﷲ ގެ މައްޗަށް މީސްތަކުން ދައްކާނޭ ޙުއްޖަތެއް ލިބިގެން ނުވުމަށްޓަކައެވެ.”

އަދި އެއިލާހު ވަޙީކުރެއްވިއެވެ.

﴿مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَـٰكِن رَّسُولَ اللَّـهِ وَخَاتَمَ النَّبِيِّينَ﴾ [الأحزاب ٤٠]

މާނައީ: “ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެއެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) ﷲ ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނުވެސްމެއެވެ.”

ﷲ ތަޢާލާ އެބޭކަލުންގެ ނަންފުޅު ޛިކުރު ކުރައްވާފައިވާ ބޭކަލުން ނުވަތަ ރަސޫލުﷲ ގެ އަރިހުން އެބޭކަލެއްގެ ނަންފުޅު ޘާބިތުވެފައިވާ ބޭކަލުންގެ އެ ތަފްޞީލުތަކާއި އެފަދަ ޚާއްޞަ ކަންކަމަށް އީމާންވާން ޖެހޭނެއެވެ. އޭގެ ތެރޭގައި: ނޫޙުގެފާނާއި، ހޫދުގެފާނާއި، ޞާލިޙުގެފާނާއި، އިބްރާހީމުގެފާނާ އަދި އެނޫންވެސް ބޭކަލުން ހިމެނެއެވެ. عليهم وعلى نبينا أفضل الصلاة وأزكى التسليم.

____________________________________

މަޞްދަރު: العقيدة الصحيحة وما يضادها للشيخ عبد العزيز بن عبد الله بن باز -رحمه الله-

މިލިޔުމާ ގުޅުންހުރި ލިޔުންތައް