ޞައްޙަ އަޤީދާއިން އެއްކިބާވެފައިވާ މީހުން

އަދި މިޢަޤީދާއިން އެއްފަރާތްވެފައިވާ އަދި އެއާ އިދިކޮޅު ފަރާތްތަކާމެދު ދަންނައެވެ. އެއީ ވަރަށް ގިނަ ބައެކެވެ. ފަހެ އޭގެ ތެރޭގައި: ބުދުތަކާއި، މަލާއިކަތުންނާއި، ވަލީވެރިންނާއި، ޖިންނީންނާއި، ގަސްގަހާއި، ހިލަތަކާ އަދި އެނޫންވެސް ތަކެއްޗަށް އަޅުކަންކުރާ މީހުން ހިމެނެއެވެ. ފަހެ، އެބައިމީހުންނީ ރަސޫލުންގެ ދަޢުވަތަށް އިޖާބަ ދީފައިނުވާ މީހުންނެވެ. އެހެނެއްކަމަކު އެބައިމީހުންވަނީ، ޚިލާފުވެ ބޮޑާވެގެންފައެވެ. ފަހެ، އެއީ ޤުރައިޝުންނާއި ޢަރަބީންގެ ތެރެއިން ބައެއް މީހުން އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އާމެދު ކަންތައްކުރި ފަދައިންނެވެ. […]