ޞަދަޤާތްކުރުން 1
ﷲ ތަޢާލާވަނީ އެއިލާހުގެ އަޅުތަކުންގެ ތެރޭގައި މުއްސަނދިންނާއި ފަޤީރުން ލައްވާފައެވެ. ފަޤީރުންގެ ޙާޖަތްތައް ފުއްދައިނުދީ މުއްސަނދިންގެ މަޞްލަޙަތުތައް ފުރިހަމަވެގެންނުދާނެއެވެ. ފަހެ ﷲ ތަޢާލާވަނީ މުއްސަނދިންގެ މުދަލުން އިތުރުވެފައިވާ ބައިން ފަޤީރުންގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެބައިމީހުންގެ މައްޗަށް ލާޒިމުކުރައްވާފައެވެ. މުއުމިނުންގެ ތެރެއިން ދީލަތިމީހުންވަނީ ﷲ ތަޢާލާއާ ކުއްތަންވެގެންނެވެ. އަދި އެމީހަކުވަނީ މީސްތަކުންނާއި އެމީހެއްގެ ޢާއިލާގެ މީހުންނާވެސް ގާތްވެގެންނެވެ. އަދި އޭނާވަނީ ސުވަރުގެއާވެސް ގާތްވެގެންނެވެ. ހަމައެއާއެކު އެމީހަކުވަނީ ނަރަކާ ދުރުހެލިވެގެންނެވެ. މީހެއްގެ ދީލަތިކަމުން އޭނާއާ އެންމެ ދެކޮޅުވެރިމީހުންވެސް އޭނާ ދެކެ […]