މާތްﷲގެ ރިވެތި އިސްމުފުޅުތަކަށް ”އަލިވިލުމެއް” 1

އަލްއަޢުރާފް ސޫރަތުގެ 180ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَلِلَّـهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا﴾ [سورة الأعراف 180] މާނައީ: “އެންމެ ރިވެތި އިސްމުފުޅުތައް މިލްކުވެގެންވަނީ ﷲ އަށެވެ. ފަހެ އެ އިސްމުފުޅުތަކުން ތިޔަބައިމީހުން އެއިލާހުގެ ޙަޟްރަތަށް ދުޢާކުރާށެވެ.” މި ލިޔުމުގައި އަލިއަޅުވައިލެވިފައިވާނީ މާތްﷲގެ ބައެއް އިސްމުފުޅުތަކަށާއި އެ އިސްމުފުޅުތަކުން އެއިލާހުގެ ޙަޟްރަތަށް ދުޢާދަންނަވާނެ ގޮތާ ބެހޭގޮތުންނެވެ. އަދި މިލިޔުމުގައި ގެނެސްދީފައިވާ އިސްމުފުޅުތައް ގިންތިކޮށްފައިވާނީ ގާތްކުރާފަދަ މަފްހޫމެއް ދޭހަވާ އިސްމުފުޅުތައް އެކުއެކީގައި ގެނެސްދޭގޮތަށެވެ. އެއިލާހުގެ […]