[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރިވެތި އަޚްލާޤަކީ އަޅުކަމެއްތަ؟ 1

ރިވެތި އަޚްލާޤަކީ އަޅުކަންތަކުގެ ތެރެއިން އެންމެ މާތްވެގެންވާ އެއް އަޅުކަމެކެވެ.[1] ވަރަށް ގިނަމީހުންނަށް މިކަން ނޭނގެއެވެ. އިބްނު ރަޖަބު ވިދާޅުވިއެވެ. “ވަރަށް ގިނަމީހުންނަށް ހީވެފައި އޮންނަނީ ތަޤްވާވެރިވުމަކީ ހަމައެކަނި ﷲ ތަޢާލާގެ ޙައްޤުތައް އަދާކުރުންކަމުގައެވެ. އަދި އަޅުތަކުންގެ ޙައްޤު އޭގައި ނުހިމެނޭ ކަމުގައެވެ.”[2]  އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ. سُئِلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الجَنَّةَ، فَقَالَ: «تَقْوَى اللَّهِ وَحُسْنُ الخُلُقِ»، […]