ރިވެތި އަޚްލާޤަކީ އަޅުކަމެއްތަ؟ 2
ރިވެތި އަޚުލާޤުގައިވަނީ ހުރިހާ ހެޔޮކަމެއް ޖަމާކުރެވިގެންނެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. «البِرُّ: حُسْنُ الْخُلُقِ» [رواه مسلم] މާނައީ: “ހެޔޮކަމަކީ ޚުލުޤު ރިވެތިވުމެވެ.” ނަބިއްޔާ ﷺ ގެ ޚުލުޤު ހުންނެވި ގޮތް ބަޔާންކޮށްދެއްވަމުން އަނަސް ބުން މާލިކު ވިދާޅުވިއެވެ. « كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَحْسَنَ النَّاسِ خُلُقًا » [متفق عليه] މާނައީ: “މީސްތަކުންކުރެ އެންމެ އެންމެ ޚުލުޤު ރިވެތި ބޭކަލަކީ ނަބިއްޔާ ﷺ އެވެ.” އެކަލޭގެފާނުގެ މޫނުފުޅުން އުފާވެރިކަމާއި ހިނިތުންވުމާއި […]