[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތައުޙީދުގެ މަތިވެރިކަމާއި، މާތްކަން އަދި ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވިގެން ދާނެކަން ނަންގަތް ބާބު – 1

ސުވާލު 1: މިބާބު ކިތާބުއް ތައުޙީދާއި މުނާސަބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ؟ ޖަވާބު: ފުރަތަމަ ބާބުގައި މުއައްލިފު (މުޙައްމަދު ބުން ޢަބްދުލް ވައްހާބު) رحمه الله ތައުޙީދުގެ ވާޖިބުކަން ބަޔާންކުރެއްވުމަށްފަހު މިބާބުގައި ތައުޙީދުގެ މާތްކަމާ އަދި ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވޭކަން ބަޔާންކުރެއްވިއެވެ.     ސުވާލު 2: ތައުޙީދުގެ މަތިވެރިކަމުގެ ތެރެއިން ކަންތައްތަކެއް ބަޔާންކޮށްދޭށެވެ؟ ޖަވާބު: (1) ތައުޙީދުގެ މިންވަރެއް ހިތުގައިވާމީހާ، ނަރަކައިގައި އަބަދަށް ދެމިގެންދާ ގޮތުގައި އޮތުން މަނާކުރެއެވެ. އަދި ހިތުގައި ތައުޙީދު ފުރިހަމަވެއްޖެނަމަ ނަރަކައަށް […]