[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތައުޙީދުގެ މަތިވެރިކަމާއި، މާތްކަން އަދި ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވިގެން ދާނެކަން ނަންގަތް ބާބު – 1

ސުވާލު 1: މިބާބު ކިތާބުއް ތައުޙީދާއި މުނާސަބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ؟

ޖަވާބު: ފުރަތަމަ ބާބުގައި މުއައްލިފު (މުޙައްމަދު ބުން ޢަބްދުލް ވައްހާބު) رحمه الله ތައުޙީދުގެ ވާޖިބުކަން ބަޔާންކުރެއްވުމަށްފަހު މިބާބުގައި ތައުޙީދުގެ މާތްކަމާ އަދި ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވޭކަން ބަޔާންކުރެއްވިއެވެ.

 

 

ސުވާލު 2: ތައުޙީދުގެ މަތިވެރިކަމުގެ ތެރެއިން ކަންތައްތަކެއް ބަޔާންކޮށްދޭށެވެ؟

ޖަވާބު:

(1) ތައުޙީދުގެ މިންވަރެއް ހިތުގައިވާމީހާ، ނަރަކައިގައި އަބަދަށް ދެމިގެންދާ ގޮތުގައި އޮތުން މަނާކުރެއެވެ. އަދި ހިތުގައި ތައުޙީދު ފުރިހަމަވެއްޖެނަމަ ނަރަކައަށް އެއްކޮށް (އެއްވެސް ވަރަކަށް) ވަނުން މަނާކުރެއެވެ.

(2) އަދި އެންމެހާ ޢަމަލުތަކާއި، އެންމެހާ ބަސްތައް ޤަބޫލުވުމާއި، ފުރިހަމަވުމާ އަދި އެއަށް ޘަވާބު ލިބުން ބިނާވެގެންވަނީ ތައުޙީދުގެ މައްޗަށެވެ.

(3) ﷲ ތަޢާލާ، ތައުޙީދުގެ އަހުލުވެރިންނަށް ދުނިޔެ މަތީގައި ފަތަޙައާއި، ނަޞްރާއި ޢިއްޒަތާ އަދި ޝަރަފު ދެއްވާނެކަމުގެ ވަޢުދުވެވޮޑިގެންނެވިއެވެ. އަދި އެބައިމީހުންނަށް ހިދާޔަތު ދެއްވާ، އެބައިމީހުންގެ ޙާލު ރަނގަޅު ކޮށްދެއްވާނެކަމުގެ ވަޢުދުވެވޮޑިގެންނެވިއެވެ.

(4) ﷲ ތަޢާލާ، ދުނިޔެއާއި އާޚިރަތުގެ އެންމެހާ ނުރަނގަޅު ކަންތައްތަކުން ތައުޙީދުގެ އަހުލުވެރިން ދުރުކުރައްވައެވެ. އަދި އެބައިމީހުންނަށް ދުނިޔެމަތީގައި ހެޔޮ ރަނގަޅު ދިރިއުޅުމެއް ދެއްވައެވެ.

 

*  *  *  *

 

– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް