كِتَابُ الصَّلَاة – ނަމާދުގެ ޙުކުމްތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ނަމާދަކީ އިސްލާމްވުމަށް ފަހު އެންމެ ފުރަތަމަ އަދަކުރަންޖެހޭ އަޅުކަމެވެ. އިސްލާމްދީނުގެ އަސާސެވެ. ފަހެ، އެނަމާދު އަދާކުރުން ޙައްޤުވެގެންވާ ގޮތުގައި އަދާކޮށްފިމީހާ ދަންނައެވެ. ހުރިހާ ނުބައި ކަމަކުން އޭނާ ސަލާމަތްވާނެއެވެ. އަދި ރިވެތި އަޚްލާޤުން އޭނާ ޒީނަތްތެރިވާނެއެވެ. އަދި ހުރިހާ ހެޔޮ މަގެއް އޭނާއަށް ފަހިވާނެއެވެ. އަދި ދުނިޔެއާއި އާޚިރަތް އޭނާއަށް ބާއްޖަވެރިވާނެއެވެ. ފަހެ، މިފޮތަކީ ނަމާދާ ބެހޭގޮތުން އެކުލަވާލެވިފައިވާ ފޮތެކެވެ. ފަރުޟު […]
مُخْتَصَرُ كِتَابِ الصَّلاَة – ކިތާބުއްޞަލާތުގެ ޚުލާޞާ

މިފޮތަކީ ނަމާދާބެހޭގޮތުން އައްޝައިޚު މުޙައްމަދު އިބްރާހީމް ލިޔުއްވާފައިވާ “كتاب الصلاة” ޚުލާޞާއެކެވެ. ޝެއިޚު މިފޮތް އެކުލަވާލަންޖެހުނީ “كتاب الصلاة” ދިގުކަމާހުރެ، ބައެއް ބޭފުޅުންނަށް އެފޮތް ވިދާޅުވާން ދަތިކަމަކަށްވާތީއެވެ.