الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ފަހެ ނަމާދަކީ އިސްލާމްވުމަށްފަހު، މީހާ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އަޅުކަމެވެ. އެކަމާނުލައި، އެއްވެސް މީހެއްގެ އިސްލާމްކަން ފާޅުނުވާނެ އަޅުކަމެވެ. އަދި ޤިޔާމަތްދުވަހުގައި އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނެ ޢަމަލެވެ. ފަހެ، ފަރުޟު ފަސްނަމާދަށް ރައްކާތެރިވެއްޖެމީހާ ސުވަރުގެ ވަންނަހުއްޓެވެ. އަދި ނަމާދަށް ފަރުވާކުޑަކޮށް، ނަމާދު އަޅައިފިމީހާ އަބާއްޖަވެރިވެ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ.
މިފޮތަކީ ނަމާދާބެހޭގޮތުން އައްޝައިޚު މުޙައްމަދު އިބްރާހީމް ލިޔުއްވާފައިވާ “كتاب الصلاة“ގެ ޚުލާޞާއެކެވެ. ޝެއިޚު މިފޮތް އެކުލަވާލަންޖެހުނީ “كتاب الصلاة” ދިގުކަމާހުރެ، ބައެއް ބޭފުޅުންނަށް އެފޮތް ވިދާޅުވާން ދަތިކަމަކަށްވާތީއެވެ. މިޚުލާޞާފޮތުގައި ޝެއިޚުވަނީ އިޚްތިލާފުތައް ދޫކޮށްލައި، ހަމައެކަނި ޢިލްމުވެރިންގެ ރާޖިޙުކުރައްވާފައިވާ ގޮތް ބަޔާންކުރައްވާފައެވެ. އަދި ގިނަމީހުންނަށް އެނގޭ ޢާއްމު މައްސަލަތަކުގެ ދަލީލުތައްވެސް ވަނީ ފޮތް ކުރުކުރެއްވުމުގެގޮތުން ދޫކޮށްލާފައެވެ. މިފޮތުގައިވާ މައްސަލައެއްގެ އިތުރު ތަފްޞީލަށް ބޭނުންވެއްޖެކަމުގައިވާނަމަ، މިފޮތުގެ އަޞްލުފޮތް “كتاب الصلاة” އިން އެމައްސަލަ ބައްލަވާލައްވާށެވެ.
(ނޯޓް: މިފޮތަކީ މީގެކުރިން 13/07/2012 ގައި މިސައިޓުގައި ޝާއިޢުކުރެވިފައިވާ ފޮތެކެވެ. މިފޮތް އަލުން މިޝާއިޢުކުރެވުނީ، ފޮތް ލިޔުއްވި ފަރާތުން މިފޮތް އަލުން މުރާޖަޢާކޮށް ބައެއް ބަދަލުތައް ގެނެސްފައިވާތީއެވެ.)
ފޮތުގެ ނަން | مُخْتَصَرُ كِتَابِ الصَّلاَة – ކިތާބުއްޞަލާތުގެ ޚުލާޞާ |
ލިޔެ ޖަމާކުރީ | الشيخ محمد إبراهيم (ނައިފަރު) |
ޞަފްޙާގެ ޢަދަދު | 181 ޞަފްޙާ – A5 ސައިޒް |
ފައިލް ސައިޒް | 2.13 mb |
ފޮތް ޑައުންލޯޑުކުރައްވާ