ތައުޙީދުގެ މަތިވެރިކަމާއި، މާތްކަން އަދި ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވިގެން ދާނެކަން ނަންގަތް ބާބު – 5
ސުވާލު 7: وَالجَنَّةُ حَقٌّ، وَالنَّارُ حَقٌّ (އަދި ސުވަރުގެއަކީ ޙައްޤުވެގެންވާ ތަނެއްކަމާއި، ނަރަކައަކީ ޙައްޤުވެގެންވާ ތަނެއްކަން) މިބަސްފުޅުގެ މާނައަކީ ކޮބައިހެއްޔެވެ؟ ޖަވާބު :ﷲ ތަޢާލާ ތަޤުވާވެރިންނަށް ތައްޔާރުކުރައްވާކަމަށް އެއިލާހު ފޮތުގައި ޚަބަރުދެއްވާފައިވާ ސުވަރުގެއަކީ ޙައްޤު، ސާބިތު ތަނެއްކަން ޤަބޫލުކުރުމެވެ. އެބަހީ: އެއްވެސް ޝައްކެއްނެތި ވާތަނެއްކަން ޤަބޫލުކުރުމެވެ. އަދި ﷲ ތަޢާލާ ކާފިރުންނަށް ތައްޔާރުކުރައްވާކަމަށް އެއިލާހު ފޮތުގައި ޚަބަރުދެއްވާފައިވާ ނަރަކައަކީ ޙައްޤު ސާބިތު ތަނެއްކަން ޤަބޫލުކުރުމެވެ. އެބަހީ: އެއްވެސް ޝައްކެއްނެތި ވާތަނެއްކަން ޤަބޫލުކުރުމެވެ. […]