[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތައުޙީދުގެ މަތިވެރިކަމާއި، މާތްކަން އަދި ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވިގެން ދާނެކަން ނަންގަތް ބާބު – 5

ސުވާލު 7: وَالجَنَّةُ حَقٌّ، وَالنَّارُ حَقٌّ (އަދި ސުވަރުގެއަކީ ޙައްޤުވެގެންވާ ތަނެއްކަމާއި، ނަރަކައަކީ ޙައްޤުވެގެންވާ ތަނެއްކަން) މިބަސްފުޅުގެ މާނައަކީ ކޮބައިހެއްޔެވެ؟

 

ޖަވާބު :ﷲ ތަޢާލާ ތަޤުވާވެރިންނަށް ތައްޔާރުކުރައްވާކަމަށް އެއިލާހު ފޮތުގައި ޚަބަރުދެއްވާފައިވާ ސުވަރުގެއަކީ ޙައްޤު، ސާބިތު ތަނެއްކަން ޤަބޫލުކުރުމެވެ. އެބަހީ: އެއްވެސް ޝައްކެއްނެތި ވާތަނެއްކަން ޤަބޫލުކުރުމެވެ. އަދި ﷲ ތަޢާލާ ކާފިރުންނަށް ތައްޔާރުކުރައްވާކަމަށް އެއިލާހު ފޮތުގައި ޚަބަރުދެއްވާފައިވާ ނަރަކައަކީ ޙައްޤު ސާބިތު ތަނެއްކަން ޤަބޫލުކުރުމެވެ. އެބަހީ: އެއްވެސް ޝައްކެއްނެތި ވާތަނެއްކަން ޤަބޫލުކުރުމެވެ.

 

 

ސުވާލު 8: أَدْخَلَهُ اللَّهُ الجَنَّةَ عَلَى مَا كَانَ مِنَ العَمَلِ (ﷲ ތަޢާލާ އޭނާ ކޮށްފައިވާ ޢަމަލުތަކުގެ މައްޗަށް ސުވަރުގެ ވައްދަވާނެއެވެ.) މި ބަސްފުޅުގެ މާނައަކީ ކޮބައި ހެއްޔެވެ؟

 

 ޖަވާބު : أَدْخَلَهُ اللَّهُ الجَنَّةَ عَلَى مَا كَانَ مِنَ العَمَلِ (ﷲ ތަޢާލާ އޭނާ ކޮށްފައިވާ ޢަމަލުތަކުގެ މައްޗަށް ސުވަރުގެ ވައްދަވާނެއެވެ.) މިބަސްފުޅުގެ މާނައަކީ މަތީގައި ބަޔާންކުރެވިފައިވާ ޙަދީޘްގައި ބަޔާންކޮށްފައިވާ 5 ކަމަށް ޙައްޤުގޮތުގައި ހެކިވާމީހާ ސުވަރުގެ ވަނުމަކީ ޙައްޤުވެގެންވާ ކަމެކެވެ. އެއީ އޭނާ ކޮށްފައިވާ އަމަލާއި އެކުގައެވެ. އެ އަމަލަކީ އެއީ ޞާލިޚް ޢަމަލެއްކަމުގައިވިޔަސް ނުވަތަ ފާސިދު ޢަމަލެއްކަމުގައިވިޔަސްމެއެވެ. އެހެނީ ތައުޙީދުގެ އަހުލުވެރިން ޔަޤީނުންވެސް ސުވަރުގެ ވަންނާނެއެވެ. އެހެނެއްކަމަކު އެބައިމީހުން ސުވަރުގެ ވަންނާނީ އޭނާ ކޮށްފައިވާ ޢަމަލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެމީހުންގެ ތެރޭގައި ދަރަޖަ މަތިވެރި ކުރެވިގެންވާ މީހުންނާއި، އެނޫން މީހުން ވެއެވެ.

 

 

ސުވާލު 9: މަތީގައި ބަޔާންކުރެވިފައިވާ  ޢުބާދާ رضي الله عنه ގެ ޙަދީޘް މި ބާބާ (ތައުޙީދުގެ މަތިވެރިކަމާއި، މާތްކަން އަދި ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވިގެން ދާނެކަން ނަންގަތް ބާބާ) މުނާޞިބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ؟

 

ޖަވާބު: އެ ޙަދީޘްގައި އެވާ 5 ކަންތަކަށް ޢިލްމާއި (އެބަހީ: އެކަންތައްތައް އެނގުމާއި އެކު)، ޔަޤީންކަމާއެކު ހެކިވެއްޖެމީހާ ދަންނައެވެ. އޭނާގެ ފާފަފުއްސަވާ ސުވަރުގެ ވައްދަވާނެއެވެ. އެއީ ތައުޙީދުގެ މަތިވެރިކަމުގެ ތެރެއިންވާ ކަމެކެވެ.

 

*  *  *  *

 

– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް