މާތްﷲގެ ރިވެތި އިސްމުފުޅުތަކަށް ”އަލިވިލުމެއް” 2

އެހީއާއި މަދަދުދެއްވުމުގައި އެއިލާހު ދެމިވޮޑިގެންވާކަން ދަލާލަތުކޮށްދޭ ބައެއް އިސްމުފުޅުތައް އެހީއާއި މަދަދުދެއްވުމުގައި އެއިލާހު ދެމިވޮޑިގެންވާކަން އަންގައިދޭ ބައެއް އިސްމުފުޅުތަކުގެ ތެރޭގައި المَوْلَى ، النَّصِيرُ ، المُجِيبُ އަދި الفَتَّاحُ ހިމެނެއެވެ. المَوْلَى ގެ މާނައަކީ އެހީތެރިވެވޮޑިގެންވާ އިލާހެވެ. النَّصِيرُ ގެ މާނައަކީ ނަޞްރުދެއްވާ އިލާހެވެ. المُجِيبُ ގެ މާނައަކީ ދުޢާ އިޖާބަކުރައްވާ އިލާހެވެ. ﴿وَاعْتَصِمُوا بِاللهِ هُوَ مَوْلاكُمْ فَنِعْمَ المَوْلَى وَنِعْمَ النَّصِيرُ﴾ [سورة الحج 78] މާނައީ: “އަދި ތިޔަބައިމީހުން ﷲ […]