[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މާތްﷲގެ ރިވެތި އިސްމުފުޅުތަކަށް ”އަލިވިލުމެއް” 2

އެހީއާއި މަދަދުދެއްވުމުގައި އެއިލާހު ދެމިވޮޑިގެންވާކަން ދަލާލަތުކޮށްދޭ ބައެއް އިސްމުފުޅުތައް

 

އެހީއާއި މަދަދުދެއްވުމުގައި އެއިލާހު ދެމިވޮޑިގެންވާކަން އަންގައިދޭ ބައެއް އިސްމުފުޅުތަކުގެ ތެރޭގައި المَوْلَى ، النَّصِيرُ ، المُجِيبُ އަދި الفَتَّاحُ ހިމެނެއެވެ.

المَوْلَى ގެ މާނައަކީ އެހީތެރިވެވޮޑިގެންވާ އިލާހެވެ.

النَّصِيرُ ގެ މާނައަކީ ނަޞްރުދެއްވާ އިލާހެވެ.

المُجِيبُ ގެ މާނައަކީ ދުޢާ އިޖާބަކުރައްވާ އިލާހެވެ.

﴿وَاعْتَصِمُوا بِاللهِ هُوَ مَوْلاكُمْ فَنِعْمَ المَوْلَى وَنِعْمَ النَّصِيرُ﴾ [سورة الحج 78]

މާނައީ: “އަދި ތިޔަބައިމީހުން ﷲ ގެ ދީނުގައި ގަދަޔަށް ހިފަހައްޓާށެވެ! އެއިލާހީ ތިޔަބައިމީހުންނަށް ނަޞްރުދެއްވާ، އެހީތެރިވަންތަ އިލާހެވެ. ފަހެ، އެހީތެރިވެވޮޑިގެންވާ އިލާހު މޮޅުކަމާއެވެ! އަދި ނަޞްރުދެއްވާ އިލާހު މޮޅުކަމާއެވެ!”

﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ﴾ [سورة غافر 60]

މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރައްބު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާ ކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.”

﴿أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاء الْأَرْضِ أَإِلَهٌ مَّعَ اللَّهِ قَلِيلاً مَّا تَذَكَّرُونَ ﴾ [سورة النمل 62]

މާނައީ: ”ނުވަތަ ދަތި އުނދަގޫ ޙާލު ޖެހިފައިވާމީހާ، އެއިލާހަށް ދުޢާ ކުރާހިނދު، އެމީހާގެ ދުޢާ އިޖާބަކުރައްވާ އަދި ނުބައިކަން ދުރުކުރައްވާ އަދި ބިމުގެ ޚަލީފާއިން ކަމުގައި ތިޔަބައިމީހުންލައްވާ އިލާހު ހެއްޔެވެ؟ ﷲ އާއެކު އެހެން އިލާހަކު ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.”

﴿وَإِن يَمْسَسْكَ اللَّـهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ وَإِن يَمْسَسْكَ بِخَيْرٍ فَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ﴾ [سورة الأنعام ١٧]

މާނައީ: “އަދި ﷲ ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެއިލާހު މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި އެއިލާހު ތިބާޔަށް ހެޔޮގޮތެއް މެދުވެރިކުރައްވާނަމަ، (އެކަން ދުރުކުރާނޭ އެހެންފަރާތެއް ނުވެއެވެ.) ފަހެ، އެއިލާހީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.”

الفَتَّاح އަކީ ދަތިއުނދަގޫ ކަމާއި ހިތްދަތިކަމުން ސަލާމަތްވުމުގެ ދޮރު އަޅުގަނޑުމެންނަށް ހުޅުވައިދެއްވާ ފަރާތެވެ. އެއިލާހީ އެއިލާހުގެ ނިޢުމަތްތަކާއި ރަޙުމަތަށް މަގުފަހިކޮށްދެއްވާ ފަރާތެވެ.

الفَتَّاح އަކީ ހިތްތައް ހުޅުއްވައިދެއްވާ ފަރާތްވެސް މެއެވެ. މި އިސްމުފުޅުން ހިދާޔަތުގެ ތެދުމަގަށް ތިބާގެ ހިތް ހުޅުއްވައިދެއްވުން އެދި ދުޢާކުރާށެވެ!

 

=ނުނިމޭ=

 

މިލިޔުމުގެ އެހެންބައިތައް