ޙައްޖުމަހުގެ ފުރަތަމަ ދިހައެއްގެ 44 ފައިދާ 3

23- މި ދުވަސްތަކުގައި ކިޔާ ތަކުބީރާއެކު އަހަރެމެންގެ ހިތަށް ގެނެސްގަންނަނީ ﷲ ގެ ނަޞްރު ކައިރިވެފައިވާކަމުގެ އުފާވެރި ޚަބަރެވެ. ޚައިބަރު ފަތަޙަވެގެންދިޔައީ ތަކުބީރުންނެވެ. އަދި އެހެނިހެން ތަންތަންވެސް ތަކުބީރުން ފަތަޙަވެގެން ދެއެވެ. ﷲ ގެ އިޛުނަފުޅާއެކު ތަކުބީރުން ޢަދުއްވުން ބަލިވެގެން ދެއެވެ. 24- މިދުވަސްވަރުގައި ކިޔުމަށް ޝަރުޢުވެފައިވާ ތަކުބީރުގެ ދެވައްތަރެއް ވެއެވެ. އެއީ މުޠްލަޤުގޮތެއްގައި ކިޔުމަށްވާރިދުވެފައިވާ ތަކުބީރާއި މުޤައްޔަދުކުރެއްވިފައިވާ ތަކުބީރެވެ. މުޠުލަޤު ތަކުބީރަކީ ޙައްޖުމަހުގެ ފުރަތަމަ ދިހައެއްގެ ތެރޭގައި ކިޔުމަށް ވާރިދުވެފައިވާ ތަކުބީރެވެ. އެތަކުބީރު ނެމޭނީ އައްޔާމުއްތަޝަރީޤުގެ […]