ކީރިތި ޤުރުއާނުގެ ބަގީޗާ: سورة النازعات

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع މި ސޫރަތުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލެވިފައިވަނީ އާޚިރަތްދުވަހުގެ ކަންކަން ހުންނާނެގޮތް ސިފަކޮށްދެއްވުމުގެ މައްޗަށެވެ. ސޫރަތުގައި އަލިއަޅުވައިލެވިފައިވާ ބައެއް موضوع ތައް 1ވަނަ އާޔަތުން 14 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވަނީ އާޚިރަތްދުވަހުގެ ކަންކަން ހުންނާނެގޮތުގެ ސިފަކޮށްދެއްވުމެކެވެ. 15 ވަނަ އާޔަތުން 26 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވަނީ ބޮޑާވެރިކަމާއި ކިބުރުވެރިކަމާއި ޙައްޤަށް އިންކާރުކުރުމުގައި ހައްދުފަހަނައަޅާފައިވާ ފިރްޢައުނުގެ ވާހަކައެވެ. 27 ވަނަ އާޔަތުން 33 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވަނީ މާތް ﷲ ގެ […]