އިސްލާމީ ޢިބާރާތްތައް ލިޔެފައި ހުންނަ އަންނައުނު ލުން

ސުވާލު: “އިސްލާމްދީނަކީ ޞުލްޙައިގެ ދީން” “އިސްލާމްދީން ޚިޔާރު ކުރޭ” “ކީރިތި ޤުރުއާނަކީ އެންމެފަހުން ބާވައިލެއްވުނު ފޮތް” މިފަދަ އިސްލާމީ ޢިބާރާތްތައް ލިޔެފައި ހުންނަ ޓީޝާރޓް (އަންނައުނު) ލުމަކީ ހުއްދަކަމެއް ހެއްޔެވެ؟ ޖަވާބު: الحمد لله އިސްލާމްދީނުގެ މާތްކަމާއި ރިވެތި އަޚްލާޤު ޕްރޮމޯޓުކޮށް އިސްލާމްދީނަށް ތަޢުރީފުކޮށް އިސްލާމްދީނުގެ ޙުކުމްތަކާއި އިސްލާމީ ޝަރީޢަތުގައި ހިމެނޭ ކަންކަމަށް ތަޢުރީފުކޮށް ތާއީދުކުރާ ޢިބާރާތްތައް ލިޔެފައި ހުންނަ އަންނައުނު ލުމަކީ އެކަން މަނާކުރަންޖެހޭ ކަމެއް ނޫނެވެ. އެކަމަކު މިގޮތަށް އަންނައުނު ފަދަ ތަކެތީގައި ލިޔެ […]