[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޢިބާރާތްތައް ލިޔެފައި ހުންނަ އަންނައުނު ލުން

ސުވާލު: “އިސްލާމްދީނަކީ ޞުލްޙައިގެ ދީން” “އިސްލާމްދީން ޚިޔާރު ކުރޭ” “ކީރިތި ޤުރުއާނަކީ އެންމެފަހުން ބާވައިލެއްވުނު ފޮތް” މިފަދަ އިސްލާމީ ޢިބާރާތްތައް ލިޔެފައި ހުންނަ ޓީޝާރޓް (އަންނައުނު) ލުމަކީ ހުއްދަކަމެއް ހެއްޔެވެ؟
ޖަވާބު: الحمد لله
އިސްލާމްދީނުގެ މާތްކަމާއި ރިވެތި އަޚްލާޤު ޕްރޮމޯޓުކޮށް އިސްލާމްދީނަށް ތަޢުރީފުކޮށް އިސްލާމްދީނުގެ ޙުކުމްތަކާއި އިސްލާމީ ޝަރީޢަތުގައި ހިމެނޭ ކަންކަމަށް ތަޢުރީފުކޮށް ތާއީދުކުރާ ޢިބާރާތްތައް ލިޔެފައި ހުންނަ އަންނައުނު ލުމަކީ އެކަން މަނާކުރަންޖެހޭ ކަމެއް ނޫނެވެ. އެކަމަކު މިގޮތަށް އަންނައުނު ފަދަ ތަކެތީގައި ލިޔެ ހަދާއިރު ބައެއްކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.
1- އެފަދައިން ލިޔެފައިވާ ޢިބާރާތްތައް ލިޔާއިރު ލަފުޒުލް ޖަލާލާ ނުލިޔުން
2- އެ އަންނައުނު ލާމީހަކީ އަންހެނެއްކަމުގައި ނުވުން. އެހެނީ މިބާވަތުގެ ހެދުމަކީ އޭގައި އާދަކާދާގައި ފިރިހެނުންނަށް ޚާއްޞަ ހެދުންތަކެވެ. އަންހެނުންނަށް މިފަދަ ހެދުން ލުން ހުއްދަވެގެންނުވާކަމަށް މިބުނާ ސަބަބަކީ މިފަދަ ހެދުންތަކުގެ މަޤްޞަދަކީ އެލިޔުންތައް ކިޔުމަށްޓަކައި ސަމާލުކަން ހޯދުންކަމަށްވެފައި އަދި އެފަދަ ލިޔުންތަކަކީ ވަރަށް ކުލަގަދަކޮށް (އަޅައިގަންނަ ގޮތަށް) އޭގައި ލިޔެފައި ހުންނަ ހެދުންތަކަކަށްވާތީއެވެ. އެހެނީ މިގޮތަށް މީހުންގެ ސަމާލުކަން ލިބޭގޮތަށް ހެދުން އެޅުމަކީ މިއީ އަންހެނުންލާ ހެދުމުގެ ޞިފަތަކާ ގުޅޭ ކަމެއް ނޫނެވެ.
والله أعلم .
މުތަރުޖިމުގެ ނޯޓު: މިތަނުގައި އަންހެނުން އެފަދަ ހެދުން ނުލުމޭ މި އޮންނަނީ އަންހެނުން ގެއިން ބޭރަށް ނުކުންނައިރު އެފަދަ ހެދުންތައް ލައިގެން ނުނުކުތުމަށެވެ. އެހެނީ ހެދުން އެޅުމުގެ މަޤްޞަދަކީ މީހުންގެ ސަމާލުކަން ލިބުނަނުދިނުން ކަމަށްވާތީއެވެ. އަދި އެފަދަ ހެދުންތައް ލުމަކީ މީހުންގެ ނަޒަރު އޭނާއާ ދިމާލަށް ހުއްޓުވާނޭ ކަމަކަށްވާތީ، އޭނާގެ ވަނާތަކަށް ބެލުމަށް ދެވޭ ދަޢުވަތަކަށްވާތީ، އެކަމުގެ ސަބަބުން ފިތުނައަށް މަގުފަހިވާތީ މީހުންގެ ވިހަ ބެލުންތަކާއި ޙަރާމްކަންކަމާ ދިމާލަށް ދާނޭ މަގުތައް ބަންދު ކުރުމުގެ ގޮތުން، އެކަންތަކަށް އެންމެ ފަސޭހައިން ހުށަހެޅޭނެ އަދި އެބައެއްގެ ފިތުނައާމެދު އެންމެ ރައްކާތެރިވާންޖެހޭނެ ބަޔަކީ އަންހެނުންކަމަށް ވާތީ، އެކަން އަންހެނުންނަށް މަނާވެފައިވަނީއެވެ. ގޭތެރޭގައި މަޙްރަމުންގެ ކުރިމަތީގައި ފިރިމީހާގެ ކުރިމަތީގައި އެފަދަ ޓީޝާރޓްތައް ލެވިދާނެއެވެ. އަދި ދީނީ ޝިޢާރުތައް ނޫން އެހެނިހެން ބަސްތައް ލިޔެފައިވާ ޓީޝަރޓްފަދަ ތަކެތިވެސް ލައިގެން އުޅެވިދާނެއެވެ.
މަރްޖިޢު