ޒިނޭ އަށް މަގުފަހިވާ ސަބަބުތައް (ދެވަނަ ބައި) : ދެޖިންސު މައްސުނިވުން
2- ދެ ޖިންސު މައްސުނިވުން: ޒިނޭއަށް މަގުފަހި ކުރާ އެންމެ ބޮޑު ކަމަކީ ދެ ޖިންސު މައްސުނިވުމެވެ. ދިވެހިރާއްޖޭގައި ޒިނޭ ގިނަވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީވެސް މިއީއެވެ. ކީރިތި ޤުރުއާނުން އަދި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުން އެނގޭގޮތުގައި ހިލޭ އަންހެނުންނާ ފިރިހެނުން ދެޖިންސު މައްސުނިވެ އެއްބަޔަކު އަނެއްބަޔަކާ ގުޅުންތައް ޤާއިމުކުރެވޭ ގޮތަށް ޢަމަލުތައް ބެހެއްޓުމަކީ އިސްލާމްދީނުގައި ނަހީވެގެންވާ ކަމެކެވެ. ދިވެހި ރާއްޖޭގައި ގިނަ ދާއިރާތަކުގައި އަންހެނުންނާ ފިރިހެނުންވަނީ މައްސުނިވެފައެވެ. […]
ﷲ އަށް ޝަރީކުކުރުމަށް ބިރުވެތިވުން ނަންގަތް ބާބު – 3
﴿وَاجْنُبْنِي وَبَنِيَّ أَنْ نَعْبُدَ الْأَصْنَامَ﴾ [سورة إبراهيم 35]
މާނައީ: “އަދި އަޅާ އާއި އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރަންވާނދޭވެ.”