[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ އަށް ޝަރީކުކުރުމަށް ބިރުވެތިވުން ނަންގަތް ބާބު – 3

އަލްޚަލީލް (އެބަހީ: އިބްރާހީމް ގެފާނު) عليه السلام  ވިދާޅުވިއެވެ.

﴿وَاجْنُبْنِي وَبَنِيَّ أَنْ نَعْبُدَ الْأَصْنَامَ﴾ [سورة إبراهيم 35]  

މާނައީ: “އަދި އަޅާ އާއި އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރަންވާނދޭވެ.”

 

ސުވާލު 4: – އަލްޚަލީލަކީ ކޮބައި ހެއްޔެވެ؟

– އަދި اﻷصنام އަކީ ކޮބައި ހެއްޔެވެ؟

– އަދި މިއާޔަތް ޝަރަޙަ ކޮށްދޭށެވެ.

– އަދި މި އާޔަތް މިބާބާ (ﷲ އަށް ޝަރީކުކުރުމަށް ބިރުވެތިވުން ނަންގަތް ބާބާ) މުނާސިބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ.

 

ޖަވާބު: – الخليل  އަކީ މީހެއްގެ ހިތުގައި، ވަކި ފަރާތަކަށްޓަކައި ވަރަށް ބޮޑަށް ލޯބި އޮންނަ މީހާއެވެ.  الخليل މި ބަސް ނެގިފައިވަނީ الخلة އިންނެވެ.  الخلة  އަކީ ޚާލިޞް ލޯތްބެވެ.

– اﻷصنام އަކީ صنم ގެ ގިނަގޮތެވެ. ސިފައަކަށް ނުވަތަ ސޫރައަކަށް ހެދިފައި ހުންނަ، ﷲ ފިޔަވާ އެތަކެއްޗަށް އަޅުކަން ކުރެވޭ ތަކެއްޗެވެ. އަދި ބުނެވެއެވެ. ވަކި ސިފައަކަށް ނުވަތަ ސޫރައަކަށް ހެދިފައި ނެތް ނަމަވެސް، ﷲ ފިޔަވާ އެތަކެއްޗަށް އަޅުކަން ކުރެވޭ ކޮންމެ އެއްޗަކީ اﻷصنام އެވެ.

– މިއާޔަތުގެ ޝަރަޙަ: ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނުގެ ދަރިން، ބުދަށް އަޅުކަންކުރުމުން އެއްފަރާތް ކުރައްވާ ދުރުކުރައްވާނދޭވެ!

– މި އާޔަތް މިބާބާ (ﷲ އަށް ޝަރީކުކުރުމަށް ބިރުވެތިވުން ނަންގަތް ބާބާ) މުނާސިބުވާގޮތް: އިބްރާހީމްގެފާނަކީ ރަޙްމާންވަންތަ އިލާހުގެ ޚަލީލުކަމުގައި ވީހިނދު އެކަލޭގެފާނުގެ އަތްޕުޅުން އެބުދުތައް ތަޅާލެއްވިއެވެ. އެއީ އެކަލޭގެފާނާއި، އެކަލޭގެފާނުގެ ދަރިން ބުދުތަކުގެ ފިތުނައިގެ ސަބަބުން، ﷲ އަށް ޝަރީކުކުރެވިދާނެ ކަމުގެ ބިރަށްޓަކައެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިން ބުދަށް އަޅުކަންކުރުމުން ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރެއްވިއެވެ. ފަހެ، އަހަރެމެން، އަހަރެމެންގެ އީމާންތެރިކަން ބަލިކަށިކަމުގައިވާޙާލު ޝިރުކަށް އަރައިގަނެވިދާނެކަމަށް ބިރުވެތިވުން އައުލާވެގެންވެއެވެ.

ނޯޓް: މިތަނުގައި އިބްރާހީމް عليه السلام ޚަލީލެއް ގޮތުގައި ބަޔާންކުރައްވާފައިވަނީ ﷲ ތަޢާލާ އިބްރާހީމް عليه السلام ޚަލީލެއް ގޮތުގައި ޚިޔާރުކުރައްވާފައި ވާތީއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ.

﴿وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا﴾ [سورة النساء 125]  

މާނައީ: “ﷲ، ޚަލީލަކު ކަމުގައި އިބްރާހީމް ގެފާނު ހިއްޕެވިއެވެ.”

 

*  *  *  *

 

– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް