ޒިނޭ އަށް މަގުފަހިވާ ސަބަބުތައް (ހަތްވަނަ ބައި) : ކައިވެނިކުރުމަށް ހުރި ހުރަސްތައް
ތިމާއަށް ކައިވެނިކުރުމަށްޓަކައި ކަމުދާ ކުއްޖަކު ފެނިއްޖެނަމަ، ނުވަތަ ކުއްޖަކު ދެކެ ލޯބިވެވިއްޖެނަމަ އެކަމުގައި ހަދަން އެންމެ ރަނގަޅުގޮތަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިރުޝާދަށް ތަބާވުމެވެ. ޙަދީޘްކުރައްވާފައިވެއެވެ. (لَمْ نَرَ لِلْمُتَحَابَّيْنِ مِثْلَ النِّكَاحِ) – { رواه ابن ماجه ( 1847 ) وصححه البوصيري والشيخ الألباني في ” السلسلة الصحيحة ” ( 624 ) . “} “އެކަކު އަނެކަކު ދެކެ ލޯބިވާ ދެމީހަކަށް ކައިވެންޏާ އެއްފަދަ […]
ބަލިމީހާ ނަމާދުކުރާނީ ކިހިނެތް؟
ފުރަތަމައީ: ބަލިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ ފަރުޟު ނަމާދުތައް ކުރުމުގައި ކޮޅަށް ހުރުމެވެ. އެއީ ގުދަށް އޮވެގެންވިޔަސްމެއެވެ. ނުވަތަ ފާރުގައި ލެނގިގެން ނުވަތަ އަސާއެއްގެ އެހީ ބޭނުންވާނަމަ އެފަދައިންނެވެ. ދެވަނައީ: ފަހެ، ކޮޅަށް ހުންނަން ނުކުޅެދޭމީހާ ނަމާދުކުރާނީ އިށީނދެ އިނދެއެވެ. އެންމެ ރަނގަޅުގޮތަކީ ދެފައި ވަށްކޮށްގެން އިނުމެވެ. ތިންވަނައީ: ފަހެ، އިށީނދެ އިނދެގެން ނަމާދުކުރުމަށް ނުކުޅެދޭމީހާ ނަމާދުކުރާނީ އޮށޯވެ އޮވެގެންނެވެ. ޤިބުލައާވީ ފަރާތަށް، އޭނާގެ ކަނާއަތް ފަރާތަށް އޮށޯވެ އޮވެގެންނެވެ. ޤިބުލައާވީ ފަރާތަށް އޮންނަން ނުކުޅެދިއްޖެނަމަ […]