މިއުޒިކާއި ބަޑިޖެހުމާއެކު ޖަނާޒާ ބޭއްވުން
ޝަރީޢަތާ ޚިލާފު ކަންކަން ޖަނާޒާގެ ތެރެއަށް ވެއްދުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (لاَ تُتْبَعُ الْجَنَازَةُ بِصَوْتٍ وَلاَ نَارٍ). [ أخرجه أبو داود 2/62 عن أبي هريرة وهو ضعيف]. “އަޑުގަދަ ކުރުމުންނާއި އަލިފާން ހިފައިގެން ތިޔަބައިމީހުން ޖަނާޒާއަށް ތަބާ ނުވާށެވެ.” މި ޙަދީޘަކީ ޟަޢީފު ޙަދީޘެއް ކަމުގައިވިޔަސް، ޖަނާޒާ ހިނގަމުންދާއިރު އަޑުގަދަކުރުމާއި، ދުން ނުވަތަ އަލިފާން ހިފައިގެން މައްޔިތާއާ އެކު ދިޔުމަކީ އެކަންކަން ކުރުން […]
ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވާކަމުގައި ހެކިދިނުމަށް ގޮވައިލުން ނަންގަތް ބާބު – 3 –
ﷲ އެއްކައުވަންތަ ކުރުމަށް ދަޢުވަތު ދެއްވާށެވެ.