އަހަރެން ކިޔަންވީ ކޮން ފޮތްތަކެއް؟

ސަލަފުންގެ ބޭކަލުން ލިޔުއްވާފައިވާ ފޮތްތައް ގިނައިން ކިޔާށެވެ.
ސަލަފް އަދި ސަލަފިއްޔާ – 3

ސަލަފް/ސަލަފިއްޔާ (السلف/السلفية) ގެ އިޞްޠިލާޙި މާނަ: “މިއުންމަތުގެ ސަލަފް” މިފަދައިން މުޠްލަޤުކޮށް ބުނެވިއްޖެ ކަމުގައި ވާނަމަ އޭގެ އިޞްޠިލާޙީ މާނައަކީ؛ އިސްލާމީ އުންމަތުގެ ފުރަތަމަ ތިން ޤަރުނެވެ. އެއީ ޞަޙާބީންނާއި، ތާބިޢީންނާއި، އަތްބާޢުއްތާބިޢީންނެވެ. ތާބިޢީންނަކީ، މުސްލިމެއްގެ ޙާލުގައި ޞަޙާބީންނާ ބައްދަލުވެ އެގޮތުގައި އަވަހާރަވި ބޭކަލުންނެވެ. އަދި އަތްބާޢުއްތާބިޢީންނަކީ މުސްލިމެއްގެ ޙާލުގައި ތާބިޢީންނާ ބައްދަލުވެ އެގޮތުގައި އަވަހާރަވި ބޭކަލުންނެވެ. މިބަޔާންކުރެވުނު ތިން ޤަރުނަކީ އޭގެ ފަހުން އައި ހުރިހާ ޤަރުނެއްގެ މައްޗަށް އެ ޤަރުނުތަށް މާތްވެ ހެޔޮވެގެންވާކަން ބަޔާންކުރެވިގެންވާ […]