[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަލަފް އަދި ސަލަފިއްޔާ – 3

ސަލަފް/ސަލަފިއްޔާ (السلف/السلفية) ގެ އިޞްޠިލާޙި މާނަ:

“މިއުންމަތުގެ ސަލަފް” މިފަދައިން މުޠްލަޤުކޮށް ބުނެވިއްޖެ ކަމުގައި ވާނަމަ އޭގެ އިޞްޠިލާޙީ މާނައަކީ؛ އިސްލާމީ އުންމަތުގެ ފުރަތަމަ ތިން ޤަރުނެވެ. އެއީ ޞަޙާބީންނާއި، ތާބިޢީންނާއި، އަތްބާޢުއްތާބިޢީންނެވެ.

ތާބިޢީންނަކީ، މުސްލިމެއްގެ ޙާލުގައި ޞަޙާބީންނާ ބައްދަލުވެ އެގޮތުގައި އަވަހާރަވި ބޭކަލުންނެވެ.

އަދި އަތްބާޢުއްތާބިޢީންނަކީ މުސްލިމެއްގެ ޙާލުގައި ތާބިޢީންނާ ބައްދަލުވެ އެގޮތުގައި އަވަހާރަވި ބޭކަލުންނެވެ.

މިބަޔާންކުރެވުނު ތިން ޤަރުނަކީ އޭގެ ފަހުން އައި ހުރިހާ ޤަރުނެއްގެ މައްޗަށް އެ ޤަރުނުތަށް މާތްވެ ހެޔޮވެގެންވާކަން ބަޔާންކުރެވިގެންވާ ޞައްޙަ ނައްޞުތައް ރިވާވެފައިވާ ޤަރުނުތަކެކެވެ.

ރަސޫލު ﷲ صلى الله عليه وسلـم ޙަދީޘްފުޅު ކުރައްވާފައިވާ ފަދައިންނެވެ:

“خيرُ الناس، قرني، ثم الذين يلونهم، ثم الذين يلونهم”

މާނައީ: “އެންމެ ހެޔޮވެގެންވާ މީސްތަކުންނަކީ ތިމަންކަލޭފާނުގެ ޤަރުނެވެ. ދެން އެއާ ޖެހުނު ޤަރުނެވެ. އެއަށްފަހު އޭއާ ޖެހުނު ޤަރުނެވެ”. (ބުޚާރީ3/ 171 ، ނަންބަރު:  2652، މުސްލިމް 4/ 1963 ، ނަންބަރު: 25).

ނަމަވެސް އޭގެ ފަހުގެ މީސްތަކުންގެ ތެރެއިން ވެސް އެ ތިން ޤަރުނުގެ އަހުލުވެރިންނަށް ތަބާވެ ، އެބޭކަލުންގެ މަގުން ހިނގި ނުވަތަ ހިނގާ މީސްތަކުން ވެސް އެއީ ހަމަ ސަލަފުންގެ ތެރެއިންވާ ބައެއް ކަމުގައި ޢިލްމުވެރިން ވިދާޅުވެފައި ހުރެއެވެ.

===ނުނިމޭ===