މުޞީބާތް ދުރުކުރުމަށް ނުވަތަ މުޞީބާތުން ސަލާމަތްވުމަށްޓަކައި ރޮދިފަށާއި، ބޮޅުފަދަ ތަކެތި (ތަވީދުގެ ގޮތުގައި) އެޅުމަކީ ޝިރުކެއްކަން ނަންގަތް ބާބު – 5

މި ޙަދީޘްފުޅު މިބާބާއި މުނާސިބުވާ ގޮތް: ރޮދިފަށް އެއްސުމާއި އެރޮދިފަށާއި މެދު ޤަބޫލުކުރާ ޤަބޫލުކުރުމަކީ (އެރޮދިފަށް ގެއްލުމުން ދުރުކޮށްދޭކަން) ޝިރުކުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރެއްކަން. އެހެނީ ޙުޛައިފަތުގެފާނު އޭތި ކަނޑާލައްވާ، އާޔަތުން އެގޮތަށް (އެއީ ޝިރުކެއްކަމަށް) އިސްތިދްލާލު ކުރެއްވިއެވެ.