ޒަކާތާބެހޭ ފިޤްހު (14): ޒަކާތުގެ ނިޞާބާގުޅޭ މައްސަލަތައް

ނިޞާބުހަމަވުން ނިޞާބުގެ ތަޢުރީފު ނިޞާބަކީ؛ އެ މިންވަރެއް ހަމަވުމުން ޒަކާތް ވާޖިބުވާކަމަށް ޝާރިޢު ކަނޑައަޅުއްވާފައިވާ މުދަލުގެ މިންވަރެވެ. އެ މިންވަރަށްވުރެ މަދުވެއްޖެނަމަ ޒަކާތް ވާޖިބެއްނުވާނެއެވެ. ޒަކާތް ދައްކާ މުދަލުގެ ބާވަތަކާގުޅޭގޮތުން އެ މިންވަރު ތަފާތުވާނެއެވެ.([1]) ނިޞާބު ހަމަވުން ޝަރުޠުވެގެންވުން ޒަކާތް ވާޖިބުމަށްޓަކައި ނިޞާބު ހަމަވުމަކީ ޝަރުޠެކެވެ. ދަލީލުތައް؛ ފުރަތަމައީ؛ ސުންނަތުން އަބޫ ސަޢީދުލް ޚުދްރީ رَضِيَ اللهُ عنه ވިދާޅުވިއެވެ. ނަބިއްޔާ صلَّى الله عليه وسلَّم ޙަދީޘްކުރެއްވިއެވެ. ((لَيْسَ فِيمَا دُونَ خَمْسِ أَوَاقٍ صَدَقَةٌ، […]