ޒަކާތާބެހޭ ފިޤްހު (15): ޖަމްޢިއްޔާތަކުގެ މުދަލުން ޒަކާތްދޭންޖެހޭތަ؟

ޢާއްމު މުދަލުން ޒަކާތް ނެރުމުގެ ޙުކުމް ޢާއްމު މުދަލުގެ ތަޢުރީފު ޢާއްމު މުދަލަކީ: ޢާއްމުމީހުންގެ މަންފާއަށް ބޭނުންކުރާ، ވަކި ޚާއްޞަ މީހެއްގެ ނުވަތަ ވަކި ޚާއްޞަ ފަރާތެއްގެ މިލްކަކަށްނުވާ މުދަލެވެ. މީގެ މިސާލަކީ: މުސްލިމުންގެ ބައިތުލްމާލަށް ވަންނަ މުދަލާއި، މި ޒަމާނުގައި ކިޔާ ޕަބްލިކް ސެކްޓަރގެ މުދަލެވެ. މި ވައްތަރުގެ މުދަލުގެ ޙުކުމުގެ ތެރެއަށް: ޢިލްމީ، އަދި ހެޔޮކަން ފޮރުވައިދޭ، އަދި އިޖްތިމާޢީ މުއައްސަސާތަކާއި ޖަމްޢިއްޔާތައް ވަންނާނެއެވެ.(1) ޢާއްމު މުދަލުން ޒަކާތް ދެއްކުމުގެ ޙުކުމް ޢާއްމު މުދަލުން […]