ކީރިތި ރަސޫލާ صلّى الله عليه وسلّم ގެ ޙައްޤުތައް

އިސްލާމްދީނަށް މީހަކަށް ވަދެވޭހުށީ ޝަހާދަތުގެ ދެ ކަލިމަ ކިޔައިގެންނެވެ. އެ ދެ ކަލިމައަށް އީމާންވެ، ތެދުހިތުން ޤަބޫލުކުރުމަކީ އެފަދަ މީހެއްގެ މައްޗަށް ލާޒިމުވާނޭކަމެކެވެ. މިގޮތުން ޝަހާދަތުގެ ދެވަނަ ކަލިމަކަމުގައިވާ ((وَأَشْهَدُ أَنَّ مُحَمَّداً رَسُولُ اللهِ)) “އަދި މުޙައްމަދުގެފާނަކީ ﷲގެ ރަސޫލާކަމަށް ހެކިވަމެވެ.” މި ކަލިމަ ތެދުހިތުން ކިޔައިފިމީހަކުކަމުގައިވާނަމަ، އެކަލޭގެފާނަށް ދޭންޖެހޭ ޙައްޤުތައް ދޭންޖެހޭނެއެވެ. އެ ޙައްޤުތައް ދޭދިނުމުގެ މައްޗަށް ބިނާކޮށް، އެމީހަކީ މި ކަލިމައިގެ މައްޗަށް ކިހާވަރެއްގެ އިޚްލާޞްތެރިކަން ހުރި މީހެއްކަން ވަޒަންކުރެވޭނެއެވެ. މި ޙައްޤުތައް […]