مادة التوحيد ٦ (ف 1 ، د 11 – ކުފުރާއި އޭގެ ވައްތަރުތައް)

ކުފުރުގެ ދެ ވައްތަރެއްވެއެވެ. އެއީ ބޮޑު ކުފުރާއި ކުޑަ ކުފުރެވެ. ބޮޑު ކުފުރަކީ: މިއްލަތުން ބޭރުކުރުވާ ކުފުރެވެ. އޭގެ 5 ބާވަތެއް ވެއެވެ. ފުރަތަމަ ބާވަތް: ދޮގުކުރުމުގެ ކުފުރު މިކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. ﴿وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّـهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ ۚ أَلَيْسَ فِي جَهَنَّمَ مَثْوًى لِّلْكَافِرِينَ﴾ [سورة العنكبوت ٦٨] މާނައީ: “ﷲ އާމެދު ދޮގުހަދާ މީހަކަށްވުރެ ނުވަތަ އެއިލާހުގެ ޙައްޤު […]