ޒަކާތާބެހޭ ފިޤްހު (18): ރަނާއި ރިހީގެ ގަހަނާއިން ޒަކާތް ދިނުން

ރަނާއި ރިހީގެ ގަހަނާއިން ޒަކާތްދިނުން ރަނާއި ރިހީގެ ގަހަނާގެ ތަޢުރީފު (ޢަރަބިބަހުގައި) “الحُلِيُّ” އަކީ “حَلْيٌ” ގެ ގިނަގޮތެވެ. އެއީ ޒީނަތްތެރިވުމަށްޓަކައި ރަނާއި ރިހިން ހެދިފައި ހުންނަ ގަހަނާއަށް ކިޔާނަމެކެވެ.([1]) ބޭނުންކުރާ ރަނާއި ރިހީގެ ގަހަނާއިން ޒަކާތްދިނުން ބޭނުންކުރާ ރަނާއި ރިހީގެ ގަހަނާއިން ޒަކާތްދިނުމާމެދު ޢިލްމުވެރިން ވަނީ ގިނަ ބަސްތަކަކަށް އިޚްތިލާފު އުފެދިފައެވެ. މި ބަސްތަކުގެ ތެރެއިން އެންމެ ބާރުގަދައީ ދެ ބަހެކެވެ. ފުރަތަމަ ބަސް: މިފަދަ ގަހަނާއިން ޒަކާތް ދެއްކުން ވާޖިބުވާނެއެވެ. މިއީ ޙަނަފީ މަޛްހަބުގެ […]