އެސްފީނާ 6

އެސްފީނާ ޖެއްސީ ކާކުކަން ނޭނގޭނަމަ، ޝަރުޢީ ރުޤްޔާ ކުރުމުގެ ގޮތުން ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ޛިކުރުތައް ކިޔަވައި ރުޤްޔާކުރެވިދާނެއެވެ. އަދި އެކަމުން ސަލާމަތް ވުމަށް އެދި ގިނަގިނައިން ދުޢާކޮށް ހެނދުނާއި ހަވީރުގެ ޛިކުރަތަކަށް ރައްކާތެރިވާނިއެވެ.
އެކަކު އަނެކަކަށް ޒިޔާރަތްކުރުމުގެ މާތްކަން

ޒިޔާރަތްކުރުމުގެ ތަޢުރީފު ޢަރަބިބަހުގައި ޒިޔާރަތުގެ މާނައަކީ ޤަޞްދުކުރުމެވެ. އެފަދައިން އެކިޔެނީ ޒިޔާރަތްކުރެވޭ ފަރާތް ޤަޞްދުކުރާތީއެވެ. އިޞްޠިލާޙުގައިވެސް މި ލަފްޒު ބޭނުންކޮށްއުޅެނީ މި މާނާގައިއެވެ. އިޞްޠިލާޙުގައި މާނައަކީ: “ޒިޔާރަތްކުރެވޭ ފަރާތުގެ މަތިވެރިކަމަށްޓަކައި، ނުވަތަ އެ ފަރާތަކަށްވާ އޯގާތެރިކަމެއްގެ ސަބަބުން އެ ފަރާތެއް ޤަޞްދުކުރުމެވެ.”([1]) ޒިޔާރަތްކުރުމުގެ ޙުކުމް ޒިޔާރަތްކުރުމުގެ ޙުކުމަކީ އެ ޒިޔާރަތްކުރާމީހާއާއި ޒިޔާރަތްކުރެވޭމީހާއާ ގުޅޭގޮތުން ޙުކުމް ބަދަލުވާކަމެކެވެ. ދަރިން މައިންބަފައިންނަށް ޒިޔާރަތްކުރުމާއި، ގާތްތިމާގެމީހުން އެއްބަޔަކު އަނެއްބަޔަކަށް ޒިޔާރަތްކުރުންފަދަ ޙާލަތްތަކުގައި ވާޖިބުވެއެވެ. އަދި ބަލިމީހުންނަށް ޒިޔާރަތްކުރުންފަދަ ޝަރުޢުގައި ޒިޔާރަތްކުރުން ލާޒިމުނުކުރާގޮތަށް […]