الورقات 1

މިއީ އުޞޫލުފިޤުހުގެ ޢިލްމަށް އަބުލް މަޢާލީ އަލްޖުވައިނީ ލިޔުއްވާފައިވާ الورقات ގެ ދިވެހި ތަރުޖަމާއެވެ.
ހެނދުނާއި ހަވީރުގެ ޛިކުރުތަކާގުޅޭ 31 ފައިދާ (3)

(13) ﷲ ތަޢާލާ މަތިން ކުރާ ޛިކުރުތަކުގެ ދެ ވައްތަރެއްވެއެވެ. އެއީ މުޠުލަޤާއި މުޤައްޔަދެވެ. މުޠުލަޤަކީ: އެއީ ހުރިހާ ވަގުތެއްގައާއި، ހުރިހާ ތަނެއްގައާއި، ހުރިހާ ޙާލަތެއްގައިވެސް ކިޔުމަށް އައިސްފައިވާ ޛިކުރުތަކެވެ. ވަކި ވަގުތަކަށް، ނުވަތަ ތަނަކަށް، ނުވަތަ ޙާލަތަކަށް ޚާއްޞަވެގެންނުވާ ޛިކުރުތަކެވެ. އަދި މިފަދަ ޛިކުރުތަކުގައި ވަކިޚާއްޞަ ކަނޑައެޅިގެންވާ ޢިބާރާތަކާއި، ޢަދަދެއް ނުވާނެއެވެ. ފަހެ، މުސްލިމެއްގެ މައްޗަށްވަނީ ކުޅަދާނަވެގެންވީ ވަރަކަށް އޭނާގެ ވެރިރަސްކަލާނގެއަށް ޛިކުރުކުރުމެވެ. ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّـهَ […]