[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަރިން ތަރުބިއްޔަތުކުރުމާގުޅޭ 48 ފައިދާ (2)

(11) މުސްލިމެއްގެ މައްޗަށް ވަނީ، އޭނާގެ ދަރިން ކުޑައިރުގައި ނަމާދުގެ ކަންކަން އުނގަންނައިދިނުމެވެ. ފަހެ، އެ ކުދިންގެ އުމުރުން ހަތް އަހަރުވުމުން ނަމާދުކުރަން އަމުރުކުރުމެވެ. އަދި ދިހަ އަހަރުވުމުން އަދަބުދީގެންވެސް ނަމާދުކުރުވުމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((مُرُوا أَوْلَادَكُمْ بِالصَّلَاةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ، وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرٍ، وَفَرِّقُوا بَيْنَهُمْ فِي الْـمَضَاجِعِ))([1]) މާނައީ: “ތިޔަބައިމީހުންގެ ދަރިންނަށް ހަތް އަހަރު ވުމުން އެކުދިންނަށް ނަމާދުކުރުމަށް އަމުރުކުރާށެވެ. އަދި ދިހަ އަހަރުވުމުން […]

މާސްކު އަޅައިގެން ނަމާދުކުރުން

މުޅި ދުނިޔެއަށްވެސް ބޮޑު ވަބާއެއް ފެތުރިފައިވާ މި ދުވަސްވަރުގައި، ބަލިމަޑުކަން ފެތުރުން ކުޑަ ކުރުމުގެ ގޮތުން މިސްކިތްތަކަށްވެސް ނޭފަތާއި އަނގަ ނިވާވާނޭފަދަ މާސްކެއް އަޅައިގެން ދިއުމަށް ބައެއް ސިއްޙީ އިދާރާތަކުން ލަފާ ދެއްވައެވެ. އެ ފަދަ ޙާޖަތަކަށްޓަކާ ނޭފަތާއި އަނގަ ނިވާކޮށްގެން ނަމާދުކުރުމަކީ މަކްރޫހަކަމެއް ނޫނެވެ.