ތުއްތުކުދީންގެ ހިތްތަކުގައި މާތް ﷲ އާމެދު ލޯބި އުފައްދާނީ ކިހިނެއް؟ (1)

ތުއްތުކުދިންނަކީ މާތްﷲ އަޅުގަނޑުމެންގެ އަތްމައްޗަށް ދޫކުރައްވާފައިވާ ވަރަށް ވެސް ބޮޑު އަމާނާތެކެވެ. ފުރަތަމަ ނަޒަރުންވެސް މި އަމާނާތަށްޓަކައި އަޅުގަނޑުމެންނަށް ބަންޑުންކޮށްލެވެނީ ލޯބިން ފުރިގެންވާ އިޙްސާސްތަކެކެވެ. މި ލޯބިވެތި އިޙްސާސްތަކުގެ ޒަރީޢާއިން އަޅުގަނޑުމެންނަށް ކުރެވޭނޭ އެންމެ މުހިންމު ކަމަކީ އެ ތުއްތުކުދިންގެ ހިތްތަކުގައި އެ ހިތްތަކުގެ ވެރި އިލާހަށް ލޯބި އުފައްދައިދިނުމެވެ. އެގޮތުން އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންތައްތައް ވަރަށް ގިނައެވެ. އެންމެ ތުއްތުއިރުން ފެށިގެންވެސް އެކުދިން ހެއްދެވި ފަރާތަކީ މާތްﷲ ކަން ބުނެދިނުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޒާތުފުޅު […]