އެއްޖިންސުން ގުޅުން ހިންގުމުގެ ފާޙިޝް ޢަމަލާއިހަމައަށް ސަދޫމުގެ މީހުން ދިޔަ މަރުޙަލާތައް
ބުއްދިންނާއި ޤުރުއާނުގެ އިޝާރާތުން ދަލީލުކޮށްދެނީ، ލޫޠުގެފާނުގެ ޤައުމުގައި (އެއްޖިންސުން ގުޅުން ހިންގުމުގެ) ފާޙިޝް ޢަމަލުތައް ފެށިގެން އައީ ޒިނޭގެ ނުބައި ޢަމަލަށް އެބައިމީހުން އަރައިގަނަން ފެށި ހިސާބުންކަމެވެ. އެހެނީ ފިޠުރީގޮތުން އިންސާނުން، އެންމެ ފުރަތަމަ އެމީހުންގެ އަނބިންގެ ފުރަގަސްފަރާތުން ޝަހުވާނީ އެދުން ފުއްދާކަށް ނުފަށާނެއެވެ. އަދި އެއަށްފަހު އަނބިންގެ ފުރަގަސްފަރާތުން ޝަހުވާނީ އެދުން ފުއްދާ ފަދައިން އެހެން އަންހެނުންގެ ފުރަގަސްފަރާތުން ޝަހުވާނީ އެދުން ފުއްދާކަށް ނުދާނެއެވެ. (އެބަހީ އެންމެ ފުރަތަމަ އެމީހުން ކުރިކަމަކީ، ކުރިމަތިފަރާތުން އަނބިންނާއެކު ގުޅުން…