ތަޖުވީދުގެ ފުރަމަތަ މަރުޙަލާ (އިސްތިޢާޛާ)

ކީރިތި ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން أَعُوْذُ بِاللهِ مِنَ الشّيطَانِ الرَّجِيْمِ ކިޔަނީ: ކީރިތި ޤުރުއާން ކިޔަވައި އޭގެ މާނައާ މެދު ވިސްނައި އަދި އެއަށް އަމަލުކުރުމުން އެއްކިބާ ކުރަން ޝައިޠާނާ މަސައްކަތް ކުރާތީ، އޭނާގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަށެވެ.