އިސްލާމްދީނުގެ އަލީގައި ފެމިނިޒަމްގެ ފިކުރު – 5

ފަރަންސޭސިވިލާތުގެ ލިޔުންތެރިއަކު ލިޔެފައިވެއެވެ. [ފަރަންސޭސި އިންޤިލާބުން އަންހެނުންގެ ޙާލަތަށް ބަދަލެއް އަންނާނެކަމުގެ އިންތިޒާރުގައި ބަޔަކު ތިބެދާނެއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ނުވެއެވެ. އިޖުތިމާޢީ އިންޤިލާބު މުޖުތަމަޢުގެ ނިޒާމުތަކާއި މަފްހޫމުތައް ބަލައިގަނެގެން ތިބީއެވެ.