[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒަކާތާބެހޭ ފިޤްހު (19): ޙަރާމް ގަހަނާއާއި، ހުދު ރަނާއި، ޖަވާހިރުން ޒަކާތް ނެރުމުގެ ޙުކުމް

ޙަރާމް ގަހަނާއިން ޒަކާތްދިނުން ފިރިހެނުން އަޅާ ރަންފަދަ ޙަރާމްގޮތެއްގައި ބޭނުންކުރާ ގަހަނާއިން ޒަކާތްދޭންޖެހޭނެއެވެ. މިކަމުގެ ދަލީލަކީ އިޖްމާޢުއެވެ. އައްޝާފިޢީ([1]) އާއި، އައްރާފިޢީ([2]) މިގޮތަށް އިޖްމާޢު ނަޤުލުކުރައްވާފައިވެއެވެ. ވިޔަފާރި ކުރުމަށްޓަކައި ގެންގުޅޭ ގަހަނާއިން ޒަކާތްދިނުން ވިޔަފާރިކުރުމުގެ ނިޔަތުގައި ގެންގުޅޭ ގަހަނާއިން ޒަކާތް ވާޖިބުވާނެއެވެ. އެ ވިޔަފާރިކުރާމީހަކީ ފިރިހެނެއްކަމުގައިވީނަމަވެސް، އަދި އަންހެނެއްކަމުގައިވީނަމަވެސްމެއެވެ. މިކަމުގެ ދަލީލަކީ އިޖްމާޢުއެވެ. އިބްނު ޖުޒިއްޔު([3]) އާއި، އަލްޚަރަޝީ([4]) މިގޮތަށް އިޖްމާޢު ނަޤުލުކުރައްވާފައިވެއެވެ. ހުދު ރަނުން ޒަކާތްދިނުން ފުރަތަމަ މަޠްލަބު؛ ހުދު ރަނުގެ ތަޢުރީފު ހުދު ރަނަކީ: […]